އަނުޝްކާ ޝަރްމާ އާއި ރަންބީރު ކަޕޫރަކީ ބޮލީވުޑްގެ އޮން ސްކްރީން ޖޯޑުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. މި ދެތަރިން އެކުގައި މަސައްކަތްކުރި އިރު، ކެމެރާގެ ފުރަގަހުން ދެމީހުންގެ މެދުގައި ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ.

އަނުޝްކާ އާއި ރަންބީރުގެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ ފިލްމު "އޭ ދިލް ހޭ މުޝްކިލް"ގެ ޝޫޓިން ކުރިއަށް ދުވަސްވަރު އަނުޝްކާ ރަންބީރުގެ މޫނުމަތީގައި ޖެހުމުންނެވެ.

ފިލްމުގެ މަންޒަރަކަށް އަނުޝްކާ ރަންބީރުގެ މޫނުގައި ޖަހަން ސްކްރިޕްޓްގައި ލިޔެފައި އޮތް ނަމަވެސް އެކަން ނުކުރުމަށް ރަންބީރާއި ޕްރޮޑަކްޝަން ޓީމުން ވެސް އަނުޝްކާ ކައިރީގައި ބުންޏެވެ.

އެހެން ނަމަވެސް އެ އިރުޝާދު އަޑުނާހައި ޝޫޓިން ކުރިއަށް ދިޔަ ވަގުތު އަނުޝްކާ ރަންބީރުގެ މޫނުގައި އަސްލަށް ވެސް ޖެހީ އެވެ. ނަތީޖާއަކަށްވީ ރަންބީރު އެކަމާ ހިތްހަމަނުޖެހި އަނުޝްކާ ދެކެ ރުޅި އައުމެވެ.

https://www.youtube.com/shorts/Z528KV6VHSE

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަނުޝްކާ ބުނީ ރަންބީރުގެ މޫނުގައި އަސްލަށް ޖެހުނީ ޝޫޓިންގެ ތެރެއަށް ވަދެ އެކަމަށް މާ ބޮޑަށް ގެއްލުމުން ކަމަށެވެ.

އެ ކަމުގައި އަނުޝްކާގެ ކުށް އޮތް ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް ރަންބީރު ކަޕޫރުގެ ކިބައިން އޭނާ މައާފަށް ނޭދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"އޭ ދިލް ހޭ މުޝްކިލް"ގެ އިތުރުން "ބޮބްބޭ ވެލްވެޓް" އަދި "ސަންޖޫ"ގައި ވެސް ރަންބީރުއާއި އަނުޝްކާ އެކުގައި ފެނިގެން ގޮސްފައިވެ އެވެ.