މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ކަމަށްވާ "ސްނިކާސް"ގެ އާ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި ބޮލީވުޑްގެ ކާމިޔާބު ޑިރެކްޓަރު ރޯހިތު ޝެޓީ ހަމަޖަައްސައިފި އެވެ.
އެ ބްރޭންޑްގެ އެމްބެސަޑަރުކަމަށް ރޯހިތު އައްޔަން ކޮށްފައިވާކަން މާސް ރިގްލީ އިންޑިއާ ކުންފުނިން އިއުލާން ކޮށްފައިވާއިރު ރޯހިތުއާއެކު އެ ބްރޭންޑްގެ އެންމެ ފުރަތަމަ އިޝްތިހާރު ވެސް މިހާރު ވަނީ ނެރެފަ އެވެ.
އެ އިޝްތިހާރުގައި ރޯހިތުގެ ފިލްމުތަކުން ވެސް އާއްމުކޮށް ފެންނަ ފަދަ އާދަޔާޚިލާފު ކާރު ސްޓަންޓުތައް ފެނިގެންދާއިރު އާއްމުންގެ ބޮޑު ސަމާލުކަމެއް އެއަށް އަންނަނީ ލިބެމުންނެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޯހިތު ބުނީ މިއީ އޭނާ ކުރާ ހިތުން ކުރާ ކަހަލަ މަސައްކަތެއް ކަމަށާއި އެއީ އޭނާގެ އަމިއްލަ "ބްރޭންޑް"އާ ވެސް ގުޅޭ މަސައްކަތެއް ކަމަށެވެ.
ރޯހިތު މަޝްހޫރު ވެފައިވަނީ ތަފާތު ސްޓަންޓުތަކާއެކު އެކްޝަން ފިލްމުތައް އުފައްދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ފިލްމުތަކަކީ ބެލުންތެރިންނަށް އާއްމުކޮށް ވަރަށް ހެއްވާ މަޖާ ފިލްމުތަކެކެވެ.
އެގޮތުން އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގޯލްމާލް"، "ސިންގަމް"ގެ ފިލްމުތަކާއި "ބޯލް ބައްޗަން"ފަދަ ފިލްމުތައް ހިމެނެ އެވެ.
ހެރީގެ ކޮންސެޓުތަކުގެ އަގުބޮޑުވާ މައްސަލަ ހޫނުވެއްޖެ
ދަ ކެރެލާ ސްޓޯރީ 2: އާ ވާހަކައަކާއެކު މުޅިން އާ މޫނުތަކެއް!
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ