ވަރީގެ އަޑުގަދަވެފައިވަނިކޮށް އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ ފިރިމީހާ ބެން އެފްލެކް ލޮސް އެންޖެލިސްއިން އާ ގެޔެއް ގަނެފި އެވެ.

ޖެން އަދި ބެން ދިރިއުޅެމުން އައި ގެ މިހާރުވަނީ ވިއްކާލަން އިއުލާންކޮށްފަ އެވެ.

އެކްޓަރު ބެން އެފްލެކް ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ލޮސް އެންޖެލިންއިން 20 މިލިއަން ޑޮލަރުގެ ތަނަވަސް، ފަސް ކޮޓަރި، ފަސް ފާހާނާގެ ގެއެއް ގަނެފަ އެވެ.

ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ކައިވެނި ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. މި ދެމަފިރިން މައްސަލަ ޖެހިގެން އުޅޭކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. ދެމަފިރިން އެއްވެސް ވަރަށް ވަރިވާން އުޅޭކަމަށް އެއްބަހެއް ނުވެ އެވެ.

ޖުލައި 24 ވަނަ ދުވަހު ޖެނިފާ އޭނާގެ އުފަންދުވަސް ފާހަަގަ ކޮށްފައިވަނީ ބެންއާ ވަކިން ނިއު ޔޯކްގަ އެވެ. ބެން އާއި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން ޖެނިފާ ވަނީ އޭނާގެ ކޮންސެޓްތައް ވެސް ކެންސަލްކޮށްފަ އެވެ.