ބޮލީވުޑްގެ އެކްޓަރު ސޯނޫ ސޫދު ފުރަތަމަ ޑައިރެކްޝަން "ފަތޭ" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސޯނޫ ސޫދުގެ ފުރަތަމަ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާނުކޮށްފައިވަނީ އޭނާގެ 51 ވަނަ އުފަން ދުވަހު އެވެ. ސޯނޫގެ އުފަން ދުވަހަކީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.

ސައިބާ ކްރައިމް ތްރީލާއެއްގެ މައްޗަށް އުފައްދާ "ފަތޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ކަމަށެވެ. "ފަތޭ" ގެ ޝޫޓިން މިދިޔަ އަހަރު ނިންމާލައި، ފިލްމު މިހާރު އޮތީ ޕޯސްޓް- ޕްރޮޑަކްޝަން މަރުހަލާގަ އެވެ.

މިފިލްމުގައި ސޯނޫ ސޫދުގެ އިތުރުން ނަސީރުއްދީން ޝާހް އަދި ޖެކްލީން ފެނާންޑޭޒް ފެނިގެންދާނެ އެވެ.

https://www.instagram.com/p/C-CnxLaA9vK/?utm_source=ig_embed&ig_rid=58e50baf-3a73-4609-9c98-4cb2a6fa9128

"ފަތޭ" އަންނަ އަހަރު ގެނެސްދޭން ނިންމި އިރު، މީގެ ޓީޒާއެއް މި އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވެ އެވެ. މި ފިލްމަކީ ގިނަ ދުވަސްތަކެއް ފަހުން ސޯނޫ ފިލްމެއްގެ ލީޑުން ފެންނާނެ ފުރަތަމަ ފަހަރެވެ. ކެރިއަރުގެ ކުރީކޮޅު ލީޑް ރޯލު ފެނުނު ނަމަވެސް މި ފަހުން އޭނަ މުޅިން ވެސް ކުޅެފައި ވަނީ ސަޕޯޓިން ރޯލުތަކެވެ.