ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ބެން އެފްލިކް އާއި ޖެނިފާ ލޮޕޭޒްގެ ކައިވެނި ރޫޅިފައިވާ ކަމަށް އަޑު އަރާތާ މަސްތަކެއް ވީ ފަހުން މިދިޔަ ހަފްތާ ތެރޭގައި ޖެނިފާ ވަނީ ރަސްމީކޮށް ވަރިއަށް އެދިފަ އެވެ.
ހޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި އެ ދެމީހުންގެ ކައިވެނި ނިމުމަކަށް އައި ސަބަބެއް މިހާތަނަށް މީޑިއާއަށް ޔަގީން ވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ދެމީހުންނާ ވަރަށް ގާތް ފަރާތަކުން މިވަނީ އެކަމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދީފަ އެވެ. ނަން ހާމަނުކޮށް އެ ފަރާތުން ބެން އާއި ޖެނިފާގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަން ބުނެދިނެވެ.
އެ ދެމީހުންގެ ކައިވެނީގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ފެށީ ބެންގެ ފަރާތުން ޖެނިފާއަށް ދޭންޖެހޭ އަޅާލުމާއި ލޯބި ނުދެވޭތީ ކަމަށް އެ ފަރާތުން ބުންޏެވެ. އެގޮތުން ކައިވެނި ދަމަހައްޓަން ބެން ބޭނުންވާކަން އޭނާގެ އަމަލުތަކުން ނުފެންނަ ކަމަށާއި ފިރިއެއްގެ ވާޖިބުތަކާއި ޒިންމާތައް އޭނާ އަދާނުކުރާ ކަމަށް ޖެނިފާއާ ހަވާލާދީ އޭނާ ބުންޏެވެ.
މީގެ ދެ އަހަރު ކުރިން، 2022 ވަނަ އަހަރު ކައިވެނިކުރި އެ ދެމީހުން ވަރިވާން ޖެނިފާ ކޯޓަށް ހުށައަޅާފައިވަނީ އެ ކައިވެންޏަށް ދެ އަހަރު ފުރުނު އަހަރީ ދުވަހު އެވެ.
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!