ޖެނިފާ ލޮޕޭޒްއާ އެކު ކުރި ކައިވެނި ރޫޅަލުމަށް ކޯޓަށް ހުށަހެޅިތާ އެއް ހަފްތާ ފަހުން ބެން އެފްލެކް އެހެން މީހަކާ އެކު ފެންނަން ފަށައިފި އެވެ.
ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެން އާ އެކީ ފެނިފައި ވަނީ ރޮބާޓް އެފް ކެނެޑީ ޖޫނިއާގެ ދަރިފުޅު ކެތުލީން "ކިކް" ކެނެޑީއާއެކު އެވެ. ކެނެޑީ އާއިލާއަކީ އެމެރިކާގެ މަޝްހޫރު ސިޔާސީ އަދި ބާރުގަދަ އާއިލާއެކެވެ.
އޭނާގެ ބައްޕަ ރޮބާޓް ވަނީ މި އަހަރު އޮންނަ ރިޔާސީ ރޭހުގައި ބައިވެރިވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެކަން ދޫކޮށްލައި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކޮށްފަ އެވެ.
ކިކް ކެނެޑީއަކީ ކޮންމެވެސް ވަރަކަށް ހޮލީވުޑްގައި މަސައްކަތްކޮށްފަައިވާ މީހެކެވެ. އޭނާ ވަނީ މަޝްހޫރޫ ޝޯ "ގޮސިޕް ގާލް" އިން ވެސް ފެނިފަ އެވެ.
ކިކް އާއި ބެންގެ ގުޅުމަކީ ކޮންކަހަލަ ގުޅުމެއްކަން ޔަގީންނެއް ނޫނެވެ.

ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި
ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ފަސްކުރަން އެދެފި
"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!