ހއ. ބާރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަލްލާ ރަފީގު ރޭ ވިދާޅުވީ ބާރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކުގެ ޑިރެކްޓް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގައި މިހާރު ޓެސްޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާރަށުން އިއްޔެ 158 ސާމްޕަލެއް ޓެސްޓު ކުރިއިރު އޭގެ ތެރެއިން ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭއިރު، އޭގެ ތެރެއިން އެކަކު ވަނީ ށ. ފޮނަދޫ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފަ އެވެ.
ބާރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުގައި ހޯމް ކަރަންޓީންވި ނުވަ މީހެކެވެ. އޭގެ ފަހުން އެ މީހުން ކަރަންޓީންގައި ތިބި މުއްދަތުގެ ތެރޭގައި ކޮންޓެކްޓްވި ހަތަރު މީހަކު މިމަހު ދެ ވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފަ އެވެ.
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
ޑޮލަރުގެ ތާށިކަން ހައްލުނުވާތީ ސުވާލު އުފައްދަވައިފި
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަނުކޮށްފި
