ބްރެޑް ޕިޓްއާއި އޭނާގެ ލޯބިވެރިޔާ އިނޭސް ޑެ ރަމޯން ވެނިސް ފިލްމް ފެސްޓިވަލުގައި ބައިވެރިވުމަށް އިޓަލީއަށް އަތުވެއްޖެ އެވެ. އުމުރުން 60 އަހަރުގެ ޕިޓް އަދި އޭނާގެ 34 އަހަރުގެ ލޯބިވެރިޔާ އިނޭސް އެކީ ފެންނަނީ ވަރަށް މަދުންނެވެ.

ދެމީހުންގެ ގުޅުން ފެށިފައި ވަނީ 2022 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. ނަމަވެސް މިހާ ތަނަށް ދެމީހުން ވެސް މި ކަން މީޑިއާއަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އިނޭސް ޑެ ރަމޯން ކުރިން ކައިވެނިކޮށްފައިވަނީ މަޝްހޫރު ޝޯ ވެންޕަޔާ ޑައިރީސްގައި ސްޓެފަން ސަލްވަޓޯގެ ރޯލުން ފެނިގެން ދިޔަ ޕައުލް ވެސްލީ އާ އެވެ. މި ދެމަފިރިންގެ ވަރި ނިންމާފައިވާ ވަނީ މީގެ ދެ މަސް ކުރިންނެވެ.

ވެނިސް ފިލްމް ފެސްޓިވަލުގައި ބައިވެރިވުމަށް މި ދެ ލޯބިވެރިން އައިސްފައިވަނީ ޕިޓްގެ އާ ފިލްމް "ވުލްވްސް" ގެ ޕްރިމިއާ އަށެެވެ. މި ފިލްމުގައި ޕިޓްއާއެކު ޖޯޖް ކްލޫނީ ވެސް ފެންނާނެ ކަމަށް ހަބަރު ލިބެ އެވެ.