ރާއްޖޭގެ އެކި ހިސާބަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ މިއަދުގެ 6:30 އިން ފެށިގެން 12:30 އާ ހަމަޔަށް ރ އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފަ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ހާމަކޮށްފައިވެ އެވެ.
މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!
ކީމޯތެރަޕީގެ ވޭނަށް ނިމުމެއް: ކެންސަރު ނައްތާލާ އިންޖެކްޝަންއެއް!
ސަރުކާރުގެ ކުންފުނިތަކުން ދެއްކި ހިއްސާގެ ފައިދާ %36 ދަށަށް
