ހުޅުމާލޭގައި މިރޭ އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެމީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ހައިވޭ ކައިރި ހުރި ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓާ ގުޅިގެން އަންހެނަކާއި ފިރިހެނަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.
އަނިޔާ ލިބުނު މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.
މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:48 ހާއިރު ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެސްވި އެވެ.
"އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ނޯޓިސް ވެސް ނުދީ"
ނަފްސާނީ ސިއްހަތަށްޓަކައި މިކަންކަމަށް ސަމާލުކަން ނުދޭތި!
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި