ޗޮކުލެޓަކީ އަހަރުމެންގެ ދިރިއުޅުމުގައި ވަރަށް ފަސޭހައިން ލިބެން ހުންނަ އާއްމު ގޮތެއްގައި އަގުވެސް ހެޔޮ ކެއުމެކެވެ. އެހެން ނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކަ އެކެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ "ފިކްސް ޑެޒާޓް ޗޮކޮލެޓިއާ" އިން އުފައްދާ "ކާންޓް ގެޓް ކްނެފާ އޮފް އިޓް" ނަމަކަށް ކިޔާ ޗޮކުލެޓަކީ ރެކޯޑް އަގަަކަށް ވިއްކާ ޕްރީމިއަމް ޗޮކްލެޓެކެވެ.

އެތެރެއަށް ޕިސްތާޗިއޯ ފިލިންގް އެއް އަޅާފައި ހުންނަ އެ ޗޮކުލެޓަކީ މެދުއިރުމަތީގެ ރަހަތައް އެކުލަވައިގެން ތައްޔާރު ކޮށްފައިވާ ޗޮކުލެޓެކެވެ.

https://www.instagram.com/reel/CxxLo9DLaUv/?utm_source=ig_embed&ig_rid=b2820c76-7bed-46af-a24c-a15bc9cb5297

މި ޗޮކްލެޓްގެ އެންމެ 200 ގްރާމް މިވަގުތު ދުބާއީގައި ވިއްކަނީ 68 ދިރްހަމް (24 އެމެރިކާ ޑޮލަރު) އަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 370 ރުފިޔާ އެވެ. ޗޮކްލެޓް ވިއްކަނީ ވެސް ކޮންމެ ދުވަހަކު މެންދުރު 02:00 ން 05:00 އަށެވެ.

މި އަގާއެކު ވެސް އެ ޗޮކުލެޓް ގަންނަ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރު ވަމުންނެވެ. އިންޓަނެޓުގައި އެ ޗޮކްލެޓަށް ރަނގަޅު ރިވިއުތަކެއް ވެސް ވަނީ ލިބިފަ އެވެ.

ދުބާއީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިި ޗޮކުލެޓަށް ޑިމާންޑް ވަނީ އިތުރުވެފަ އެވެ. އެގޮތުން ސިންގަޕޫރުގައި ވެސް ޝިޕްމަންޓް ގެންނަތާ ހަފްތާއެއްގެ ތެރޭގައި ހުސްވާ ކަމަށް ހަބަރުތައް ބުނެ އެވެ.

"ފިކްސް ޑެޒާޓް ޗޮކޮލެޓިއާ" އުފެދުނީ 2021 ވަނަ އަހަރު ކަމަށް ވިޔަސް އެ ކުންފުނިން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.