ބޯކޮށް ވާރޭވެހުމާއެކު މޫސުމް ގޯސްވާނެކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:45 އިން މެންދުރު 01:45 އާއި ދެމެދުގެ ވަގުތަށެވެ.
މެޓު އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށާއި، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން އިއްޔެ މެޓް އޮފީހުން ވަނީ ދެކުނުގެ ތިން އަތޮޅަކަށް ރީނދޫ ސަމާލު ނެރެފަ އެވެ.
އުމުރުން 30ގެ އަހަރުތަކުގައި ސްޓްރޯކްގެ ނުރައްކާ؟
ނޭވާ ހިއްލުމާއި ހިތުގެ ބަލިތަކާ ގުޅުމެއް ވޭތަ؟
ރުޅިގަދަ ވުން: ތެރަޕީ ހޯދަންޖެހޭ ކަމުގެ 6 އިޝާރާތެއް!