މިސް ޔުނިވާސް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭން ބައިވެރިވާތީ އެ މުބާރާތުގައި ބައިވެރިވާ މަރިޔަމް ޝައިނާއަށް ޒަމްޒަމް ފާރިޝް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށްފި އެވެ.
އާންމުންނަށް ދީނީ ނަސޭހަތްދޭން މަސައްކަތްކުރާ އަދި އަރަބިއްޔާ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒަމްޒަމް ފާރިޝް ވަނީ ފޭސްބުކް ސްޓޭޓަސްއެއްގައި މުސްލިމަކު އަނެކާއާ ދިމާލަށް ބުނަން ހުއްދަ ނުވާ ފަދަ އިބާރާތް ބޭނުންކޮށްފަ އެވެ. އަދި ޝައިނާއަށް "ނަރަކަ ހައްގު" ކަމަށް ދޭހަވާ އިބާރާތް ވަނީ ބޭނުންކޮށްފަ އެވެ.
މިސް ޔުނިވާސް މުބާރާތަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ބުރުގާ ވެސް އަޅައިގެން އަންހެނުން ބައިވެރިވެ އެވެ.
ޒަމްޒަމް ފާރިޝް މަސައްކަތްކުރާ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މައްސަަލައެއް މިދިޔަ އަހަރު ވަނީ ފެންމަތިވެފަ އެވެ. މި މައްސަލައަށް ވީގޮތެއް ސާފެއް ނޫނެވެ.
ދާދި ފަހުން ޒަމްޒަމް ފާރިޝް ވަނީ ސަރުކާރުގެ ވަފުދާކާއެކު ޗައިނާއަށް ވެސް ވަޑައިގެންފަ އެވެ. ދައުލަތުގެ ހަރަދުގައި އޭނާ ބައިވެރިވީ ކޮން ހައިސިއްޔަތުން ކަމެއް ސާފެއް ނުވެ އެވެ.
ދީނީ ބައެއް އިލްމުވެރިން ފާޑުކިޔަން ފެށުމުން މި ސަރުކާރުން ވެސް ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި މި ކަމަކީ "ދިވެހިން ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކާ ޚިލާފުކަމެއް" ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް ދިވެހިރާއްޖެގައި މިސްޓާ މޯލްޑިވްސް ފަދަ މުބާރާތްތަކާއި މޮޑެލިން މުބާރާތްތައް ގަވައިދުން ބާއްވާ ގައުމަކަށްވީއިރު މިސް ޔުނިވާސް މުބާރާތް ދިވެހިންގެ އަހުލާގީ މިންގަނޑަށް ކުއްލިއަކަށް ނުފެތުނު ސަބަބެއް ސަރުކާރުން ސާފުކޮށްދީފައެއް ނުވެ އެވެ.
ދިވެހިންނަށް ޓެރަރިސްޓު ޖަމާއަތްތަކުގައި ބައިވެރިވެވޭގޮތަށް މިކަހަލަ ކަންކަމުގައިވެސް ބައިވެރި ވެވެން ޖެހޭނެ.
ޒަމްޒަމް ފާރިޝް ނުބައި ކަމެއް ކުރުމަކީ ދެން ތިބޭމީހުން ކުރާ ނުބި ކަންކަން ހުއްދަވާ ކަމެއް ނޫނެ