އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދު މާލޭގައި ބޭއްވި މުޒާހަރާ އިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ އެކު 24 މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. މިއަދުވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ގާއިމް ކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް އޭގެ ހައްގުވެރީންނަށް ދިނުމަށް ގޮވާލަ އެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕީޕީއެމް، ޕީއެންސީން އަންނަނީ 'ކޮބާ މަގޭ ފްލެޓް" ގެ ނަމުގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ ބޮޑު މުޒާހަރާއެއް ބާއްވަ އެވެ.
ފުލުހުން ބުނެފައި ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި މުޒާހަރާ ބާއްވާނަމަ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ހުއްޓުވާނެ ކަމަށެވެ.
މާލޭގެ މަގުތަކަށް އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން އެޗްޕީއޭ އިން މަނާކޮށްފައިވާތީ، ފުލުހުން އަންނަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ އިން ހައްޔަރުކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
މީގެކުރިން ފުލުހުން ވަނީ މުޒާހަރާ އިން ހައްޔަރުކުރި މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުން އެކަމަށް ދެކޮޅު ހެދުމުން ސާމްޕަލް ނަގާފައެއް ނުވެ އެވެ.
އެޗް. ޕީ. އޭ ގެ ގައިޑްލައިނަކީ ޤާނޫނުއަސާސީއާއިޚިލާފުގައިދްލައިނެއް ޤާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ޙައްޤުތަކަށް އަރައިގަނެފައިވާ ގައިޑްލައިނެއް މިމައިމޫނާއާއި ޤާނޫނުއަރާހަމަކުރާދުވަސްގާތްވެއްޖެ މީނާޖަލަށްގަޅުވާލާނަން އިންޝާﷲ.