ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާގެ ވަޒީފާ އަލުން އިޔާދަކޮށްފި އެވެ.
މުސްތަފާ ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ކަނޑައަޅާފައި ވަނީ ޕީއެސްއެމްގެ ޗެނަލްތަކުން ބްރޯޑްކާސްޓް ނުކުރަންޖެހޭ މަންޒަރެއް ބްރޯޑްކާސްޓްކުރެވިފައިވާ ކަމަށް ބުނެ އެވެ.
މުސްތަފާގެ ވަޒީފާ އަލުން އިޔާދަކޮށްފައި ވަނީ އޭނާ ޕީއެސްއެމްގެ ބޯޑަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އަދަދު ނޫހަށް އެވޯޑު ލިބިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަގެ ކަންބޮޑުވުންތައް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ވީޑިއޯ ރިޕޯޓަށެވެ. އެ ރިޕޯޓްގައި ރައީސް މުއިއްޒު ދޮންމަންމައާ މެދު އަމަލުކުރެއްވި އިހާނެތި ގޮތްތައް ހެއްކާއެކު ގެނެސްދީފައިވެ އެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުސްތަފާ ޕީއެސްއެމްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މުސްތަފާ ވަޒީފާއިން ވަކިކޮށްފައި މިވަނީ ރައީސް މުއިއްޒަށް މިނިވަންމުއައްސަސާތަކަށް ނުފޫޒުފޯރުވޭގޮތަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސް މުއިއްޒަށް ލިބޭގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ވަނީ މަޖިލީހަށް އެކަން ހުށަހަޅާފަ އެވެ.
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 7 ދަރިވަރަކަށް
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ކުރާނެ ކަމެއްނެތް