ކޮވިޑް-19 ބަލި ޖައްސާ ވައިރަސް ކަމަށްވާ ސާސް-ކޮވް-2 "މިއުޓޭޓް" ނުވަތަ އެހެން ގޮތަކަށް ބަދަލު ވަމުންދާ ރޭޓް ލަސް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރޯޔަލް ސޮސައިޓީގެ ކަމާބެހޭ މާހިރުން ވެސް ވިދާޅުވީ ކޮރޯނާވައިރަހުގެ ޖެނެޓިކް ކޯޑަށް މިހާތަނަށް ބަދަލުތައް އައިސްފައި ވަނީ ލަސް ސްޕީޑެއްގައި ކަމަށާއި، އައިސްފައި ހުރި ބަދަލުތަކުން ވައިރަހުގެ ބާރުގަދަ ވެފައިނުވާ ކަމަށެވެ.

މި ދިރާސާއިން ސިއްހީ ހިދުމަތްތެރިންނަށް ވަނީ ކުޑަ ހިތްހަމަޖެހުމެއް ލިބިފަ އެވެ. ސަބަބަކީ މީގެ ކުރިން ބަލި ޖެހުނު މީހުން ދެވަނަ ފަހަރަށް ބަލި ޖެހުމުން ރައްކާތެރިކޮށްދޭނެތީ އެވެ.

މީގެ އިތުރުން ވެކްސިނެއް އުފެއްދުމުން، އެ ވެކްސިންގެ އަސަރު ގިނަ ދުވަސްތަކަށް ހުންނާނެ ކަމުގެ އުންމީދު މިވަނީ އާވެފަ އެވެ.

މި ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި ވައިރަސް އުފެދުނީ ގުދުރަތީ ގޮތުން ވާލުގެ ކިބައިންނެވެ. އެހެން ކަމުން ވައިރަސް އުފެއްދީ ވޫހާންގެ ލެބެއްގައި ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަންވެސް ވަނީ ސާބިތުވެފަ އެވެ. --ޑެއިލީ މެއިލް