ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައުމީ ޖަލްސާ އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަހުން އުފެއްދެވި ޕާޓީ ޕީއެންއެފުންދަނީ އަންނަ މަހު ގައުމާ ޖަލްސާ ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުންނެވެ.
އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ގައުމީ ޖަލްސާ ބާއްވާނެތަނެއް އަދި ނިންމާފައި ނުވާކަމަށެވެ.
ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ހިންގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ ގައުމީ ޖަލްސާ ބާއްވަން ބޭނުންވަނީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަކަށް ފެންވަރު ރަނގަޅު، ސެކިއުރިޓީ ވަރުގަދަ ތަނެއްގައި ކަމަށެވެ.
އެހެންކަމުން ސްކޫލެއްގެ ހޯލެއްގައި ޖަލްސާ ކުރިއަށް ގެންދަން ނިންމައިފިނަމަ ދެވަނަ ފަހަރަށް ވެސް ސަރުކާރުން ޖަލްސާއަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފާނެކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންއެފްއާ މި ސަރުކާރުގެ ބައެއް ބޭފުޅުން ގުޅެން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ. މިކަމާއި ގުޅިގެން ސުވާލުކުރުމުން އެ އޮފިޝަލް ވިދާޅުވީ ޖަލްސާއާ އެކަމާއި ގުޅުމެއް ނެތްކަމަށެވެ. ޖަލްސާ ބާއްވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާގޮތުން އަހަރުވުމުގެ ކުރިން ގައުމީ ޖަލްސާ ބާއްވަން ޖެހޭތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމާއި މެދު ހިތްހަމަނުޖެހިފައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ ޕީއެންއެފާއާއި ގުޅުމަށް ތައްޔާރުވަމުންނެވެ.
ރައީސް ޔާމީން އަށް ތާއީދުކުރާ ގިނަ ބައެއްގެ ވޯޓުން ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު ވަނީ ރައީސް ޔާމީންއާއި އިހްލާސްތެރިން ބާކީ ކުރައްވާފައި އެވެ. އަދި އޭރު ބޭނުންކުރެއްވި ޕާޓީ ޕީޕީއެމްވެސް އުވާލައްވަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ރައީސް ޔާމީންއަށް ތާއީދުކުރާ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމްކުރާ އެ ޖަލްސާއަށް އަތޮޅުތެރޭގެ ރަށްރަށުން ވެސް މީހުން ގެނައުމަށް ވަނީ ނިންމާފަ އެވެ.
ކައްޒާބު ގާނޫނީ ހަމަތަކުން ވެރިކަމުން ދުރުކޮށް ރާއްޖެ ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދަންބޭނުންނަމަ މުސްތަޤްބަލަކީ ޕީއެންއެފް އިނގޭތޯ، ޒުވާނުންނަށާއި ތަޢްލީމީ ފަންނީ މިހުރިހާ އެންމެނަށް އެންމެ ވެލްކަމް ޕްލެޓްފޯމަކީ ޕީއެންއެފް
ރިޕްލައި