ޒިއުރިކް (19 މާޗު) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ގްރަނާޑާ ނުުކުންނައިރު، އާސެނަލްއާ ކުރިމަތިލާނީ ސްލާވިއާ ޕްރާގެވެ.

ކުއާޓާ ފައިނަލްގައި ޔުނައިޓަޑާއި ގްރަނާޑާ ބައްދަލުކުރާ މެޗަކީ މި ދެ ކްލަބުގެ ފުރަތަމަ ކުރިމަތިލުމެވެ. އަދި މިއީ ޔޫރަޕްގެ ކްލަބު މުބާރާތެއްގެ ކުއާޓާގައި ގްރަނާޑާ ވާދަކުރާ ފުރަތަމަ ފަހަރެވެ.

އާސެނަލްއާ ދެކޮޅަށް ނުކުންނަ ސްލާވިއާ ޕްރާގް ވަނީ މި މުބާރާތުގައި މިހާތަނަށް އިނގިރޭސިލާތުގެ ދެ ކްލަބެއްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކުއާޓާ އަށް އެ ޓީމު ދަތުރުކުރީ ގަދަ 16ގެ ބުރުގައި ސްކޮޓްލޭންޑްގެ ރޭންޖާސް ބަލިކޮށްފަ އެެވެ.

ކުއާޓާ ފައިނަލްގައި އަޔަކްސްއާ ދެކޮޅަށް ނުކުންނާނީ އޭއެސް ރޯމާ އެވެ. ވިޔަރެއާލްއާ ދެކޮޅަށް ނުކުންނާނީ ޑައިނަމޯ ޒަގްރެބެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަަތަމަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހެވެ. ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. – ބީބީސީ