ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ ދަތުރުފުޅަށްފަހު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖައްސައިފި އެވެ.
މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު ހަލީލުގެ އިންޑިއާ ދަތުރުފުޅުގައި ދެއްވި އިންޓަވިއުއެއްގަ އެވެ.
ފޮރިން މިނިސްޓަރުގެ އިންޑިއާގެ ވިއޯން ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޣައްސާން ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށެވެ.
ވިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވަނީ ޖެނުއަރީ 7-8 އަށެވެ.
ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައުމުގެ ކުރިން ވަނީ "އިންޑިއާ އައުޓު" ނަމުގައި އިންޑިއާއަށް ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގާފަ އެވެ. "އިންޑިއާ އައުޓު" ހަރަކާތްތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއި ޣައްސާންވެސް އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނަމަވެސް ފޮރިން މިނިސްޓަރު ހަލީލް މި ހަފްތާގައި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "އިންޑިއާ އައުޓު" ހަރަކާތާއި މި ސަރުކާރާއި މިހާރު ގުޅުމެއް ނެތް ކަމަށާއި، އެ ކެމްޕޭން ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިހާރު ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު، އިންޑިއާއިން ދަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވަމުންކަން ފާހަގަކޮށްލެވެ އެވެ.
 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
					 
					 
					 
					 
					 
					 
					 
					 
					 
					