މާފަންނު ނިއުޕްލާޒާގައި އަނެއްކާ ވެސް މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 7:11 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ހަނދުވަރީ ހިނގުމާއި ބުރުޒުމަގަށް ވާގޮތަށް ހުންނަ ނިއު ޕްލާޒާއަކީ ވަރަށް ބާ އިމާރާތެކެވެ.
މީގެއިތުރުން އޭގެ އަނެއް ކަންމަތީގައި ހުންނަ މ. ހައުސް ޕްލާޒާގައި އިއްޔެ ހެނދުނު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.
ސިފައިން ވަނީ އެ އިމާރާތުގައި ހިފި އަލިފާން ކުޑަ ވަގުތުކޮޅެއް ތެރޭގައި ނިއްވާލާ އެވެ. އެ ހާދިސާގައި ވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
ޓްރަމްޕާ ވައްތަރު މީގޮނު ހިމާޔަތްކޮށް ޒުލަށް ލައިފި
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
