މީގެ ގާތްގަނޑަކަށް ހަތް އަހަރު ފަހުން 2032 ވަނަ އަހަރު ދުނިޔެއަށް ގިނިހިލައެއް ވެއްޓޭނެ ކަމަށް ބައިނަލްއަގްވާމީ ޖައްވީ އިދާރާ ނާސާއިން ލަފާކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮތީ 2.3 ޕަސެންޓަށް ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ ފުރުސަތު ބޮޑުވެދާނެ އެވެ.
ނާސާގެ ރެކޯޑުތައް ބުނާ ގޮތުގައި އެ ގިނިހިލައަކީ 90 މީޓަރު ބޮޑު ގިނިހިލައެކެވެ. މިއީ 1908 ވަނަ އަހަރު ސައިބީރިއާ ޖަންގަލީގެ ބޮޑު ބައެއް ފަނާކޮށްލި ގިނިހިލައާ އެއްވަރުގެ ގިނިހިލައެކެވެ.
ޖައްވުގައި އުދުހޭ ކުދިކުދި އެތިކޮޅުތައް ދުނިޔެއަށް ވެއްޓުމަކީ އާއްމުކަމެއް ނަމަވެސް އިންސާނުންގެ ލޮލަށް އެކަން ފާހަގަ ނުވަނީ އެތަކެތީގެ ސައިޒު ކުޑަކަމުން ކަމަށް ނާސާއިން ބުނެ އެވެ.
އެންމެ ފަހުން ދުނިޔެއަށް ފާހަގަވާ ވަރުގެ ގިނިހިލައެއް ވެއްޓިފައިވަނީ 2013 ވަނަ އަހަރު ރަޝިއާގެ ސިޓީއެއް ކަމަށްވާ ޗެލިއަބިންސްކްއާ ކައިރި ސަރަހައްދަކަށެވެ.
ގިނިހިލައަކުން އިންސާނީ ދިރިއުޅުމަށް ކުރިމަތިވެދާނެ ނުރައްކާތަކަކީ އެކަމަކާ ބެހޭގޮތުން ސައިންސްވެރިން އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމެކެވެ.
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟