މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ޕާޓީގައި ދެ ފެކްޝަނެއް އުފެދި ނަޝީދު އާއި ސަޕޯޓަރުން ވަނީ 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް ޖޫން 2023 ގައި އުފައްދާފަ އެވެ.
ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުތަކަކާއެކު އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ރިޔާސީ ކެނޑިޑޭޓު ކަމަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކާއެކު 2005 ވަނަ އަހަރުން ފެށިގެން ބަދަހިކޮށް އޮތް އެމްޑީޕީ އާއި ރައީސް ނަޝީދު އަލަށް އުފެއްދެވި ޑިމޮކްރެޓްސްވަނީ ވަކިވަކިން ވާދަކޮށް، ދެ ޕާޓީއަށްވެސް ނާކާމީޔާބުވެފަ އެވެ.
ދާދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ހިމެނޭހެން ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި