ދުނިޔޭގައި އުޅޭ އެކި ބާވަތުގެ މަކުނުގެ ތެރެއިން ސޫފާސޫފި ނުކައި، ހަމައެކަނި ތަރުކާރީ ފަދަ ތަކެތި ކާ ވެޖިޓޭރިއަން ފައިދިގު މަކުނު އުޅެފާނެ ހެއްޔެވެ؟
އާއެކެވެ. ދުނިޔޭގައި އުޅޭ 40،000 އަށްވުރެ ގިނަ ބާވަތުގެ ފައިދިގު މަކުނުގެ ތެރެއިން ހަމައެކަނި ބަޣީރާ ކިޕްލިންގީ ނަމަކަށް ކިޔާ މަކުނަކީ ވެޖިޓޭރިއަން މަކުނުތަކެކެވެ. މި މަކުނު އާންމުކޮށް ފެންނަނީ މެކްސިކޯ އާއި ކޮސްޓާ ރިކާއިންނެވެ.
ފުންމާ މަކުނުގެ ބާވަތެއް ކަމަށްވާ މި މަކުނުގެ މައިގަނޑު ކާނާއަކީ އަކޭޝިއާ ގަހުގެ ފަތްތަކުގައި ހުންނަ ޕްރޮޓީން ނޯޑިއުލްސްތަކެވެ. އެހެން ނަމަވެސް، މި މަކުނު ވެސް ބައެއް ފަހަރު ހިންދޫރުގެ ލާވާ ކައިއުޅޭކަން ފާހަގަކުރެވިފައިވެ އެވެ.
މި މަކުނުގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ އެހެން މަކުނުތަކާ ވަރަށް ތަފާތު އެއްޗެކެވެ. ގިނަ މަކުނުތަކަކީ ޝިކާރައަށްދާ ތަކެތި ކަމަށްވީ ނަމަވެސް، މި މަކުނަކީ ގަސް ގަހާގެހީގެ ބައިތައް ކައިގެން އުޅޭ ތަފާތު ބާވަތެކެވެ.