ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
އިޒްރޭލްގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލައިންސާނީ އަމަލުތައް ހުއްޓަންދެން އެގައުމުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތާއިދު ކުރެއްވިއިރު، ކޮމިޓީން މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން މިފަދައިން މި ބިލު ފާސްކޮށްފައި މިވަނީ ގިނަ އިސްލާހުތަކެއް ބިލަށް ގެނައުމަށްފަހު އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ދިން ލަފާ އާއި އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކޮށް، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް މަނާވާ ގޮތަށް ވަނީ ނިންމާފަ އެވެ.
ދެފުށް ކެހެރި ނިންމުމަކަށް އަހަރެން ތާއީދެއް ނުކުރާނަން!! ތިޔަ ނިންމުމަށް ހަމަ ހަރުއަޑުން ކުށްވެރިކޮށް ނަފުރަތު ކުރާވާހަކަ ބުނެލަން!! މިސަރުކާރުގައި ތިބީ ސަޙްޔީޔޫނީންނަށް ވާގިދޭ ކޮރަޕްޓުވެފައިވާ އެމީހުންގެ އަޅުންކަން ޔަގީންވެއްޖެ!!
ރިޕްލައިތިވަރުން ދެންތިކަން ތި ކުރަނީ ކީކުރަންބާ؟
ރިޕްލައި