ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ދުބާއީއަށް ދާން ބޭނުންވާ ފަރާތްތަކަށް ފްލައި ދުބާއީއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިހާރު ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯގެ ތެރެއިން އާއްމުންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ދުބާއީގެ ޓިކެޓުތަކުން 20 ޕަސެންޓްގެ ޑިސްކައުންޓްއެއް ލިބޭނެ އެވެ.
ރާއްޖޭގައި ފްލައި ދުބާއީގެ ޖެނެރަލް ސޭލްސް އެޖެންޓްކަން ކުރަމުން އަންނަ އިނަ މޯލްޑިވްސްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ތިން ދުވަހު އެކްސްޕޯގެ ތެރެއިން ކަމަށެވެ.
އެގޮތުން 01 މެއި 2025 ން ފެށިގެން 31 މެއި 2025 އާ ހަމައަށް ފްލައި ދުބާއީއިން ދުބާއީއަށް ދަތުރު ކުރަން ގަންނަ ޓިކެޓުތަކުން 20 ޕަސެންޓް ޑިސްޓައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފްލައި ދުބާއީއަކީ އޭޝިއާގެ އިތުރުން މެދުއިރުމައްޗާއި ޔޫރަޕް އަދި އެފްރިކާގެ ވެސް ގިނަ މަންޒިލްތަކަކަށް ދަތުރުކުރާ އެއާލައިނެކެވެ.
ފްލައި ދުބާއީގެ މި ޕްރޮމޯޝަންގެ ދަށުން ދުބާއީއަށް ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން މިއަދާއި މާދަމާ އަދި އޭގެ އަނެއް ދުވަހު ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 ން 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި އޮންނަ ވެކޭޝަންސް އެކްސްޕޯއަށް ވަޑައިގަތުމަށް އިނަ މޯލްޑިވްސްއިން އެދެ އެވެ.