ދާދި ފަހުން ކައިވެނި ކުރި ބޮލީވުޑްގެ ރީތީގެ ރާނީ ޑިއާ މިރްޒާ ބަނޑުބޮޑުކަން އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ޑިއާ މިރްޒާ އޭނާގެ ބަނޑުބޮޑު ކަން އިއުލާނުކޮށްފައިވަނީ ވަނީ ކަފްތާން އެއް ލައިގެން ހުރި ފޮޓޯއެއް ހިއްސާކުރަމުންނެވެ.
ފިރިމީހާ ނަގައިދިން މި ފޮޓޯގައި ޑީއާ ހުރީ އޭނާގެ ބަނޑުގައި އަތް އަޅާލައިގެންނެވެ. މޭކްއަޕެއް އަދި ގަހަނާއެއް ވެސް ނާޅާ ވަރަށް ސިމްޕަލް ލުކެއްގައި ހުރި އިރު އޭނާ ފެންނަނީ ވަރަށް ޗާލު ކޮށެވެ.
ބޮލީވުޑްގެ ގިނަ ތަރިންނާއި ފޭނުން ދަނީ ޑިއާ އާއި އޭނާގެ ފިރިމީހާ އަށް މަރުހަބާ ކިޔަމުންނެވެ.
ޕީއެންސީގެ އެސްޖީ ކަމުން މުއާޒު އިސްތިއުފާ ދެއްވައިފި
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
