އޯވާ ސައިޒްޑް ފެޝަނަކީ ފެޝަން ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ވައިރަލް ވެފައިވާ އެއް ސްޓައިލެވެ. ހުރިހާ އުމުރެއްގެ އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި ވެސް މި ސްޓައިލަކީ މަގުބޫލު ސްޓައިލެކެވެ.
އެހެން ނަމަވެސް ރަނގަޅު ގޮތަށް ސްޓައިލް ނުކޮށްފިނަމަ އޯވާ ސައިޒްޑް ފެޝަނަކީ މީހާގެ "ލުކް" އެންމެ ބޭނުންވާ ގޮތަށް ނުފެނިދާނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އޯވާސައިޒްޑް ބްލޭޒާއެއް ބޭނުން ކުރުމުގައި ސަމާލުވާންވީ ބައެއް ކަންކަމަށެވެ.
ސްޓައިލް ބެލެންސް ކުރުން
އޯވާސައިޒްޑް ބްލޭޒާއަކާއެކު އުނަގަނޑުން މަތި ދޫކޮށް ހުންނައިރު އެއާއެކު އެންމެ ރަނގަޅީ ކޮންމެވެސް ވަރަކަށް ހަށިގަނޑަށް ހެޔޮވަރުކޮށް ހުންނަ ތިރި އެކެވެ. މިސާލަކަށް ސްކިނީ ޖީންސެއް ނުވަތަ ޓައިޓެކެވެ.
ބެލްޓެއް ބޭނުން ކުރުން
ދޫކޮށް ހުންނަ ހެދުމެއް ބޭނުން ކުރާނަމަ އޭގެ ފުރިހަމަކަން އިތުރު ކޮށްދޭނެ އެއް ކަމަކީ އެ ހެދުމެއްގެ މަތިން އުނަގަނޑާ ދިމާލުގައި ބެލްޓެއް އެޅުމެވެ.
އެއްކަހަލަ ކުލަތައް ބޭނުން ކުރުން
އޯވާ ސައިޒްޑް ބްލޭޒާއަކާއެކު ބޭނުންކުރާ އެހެން ހެދުންތަކާއި "އެކްސެސޮރީޒް"ތަކަކީ ވެސް އެއް ކަހަލަ ކުލަތަކަށް ހެދުން މުހިއްމެވެ. އެގޮތުން މުށްޓާއި ކްރީމް ކުލަ ނުވަތަ ކަޅާއި އަޅިކުލަ ފަދަ ކުލަތައް ހިމެނެ އެވެ.
ހެދުމުގެ ކަރު ޚިޔާރު ކުރުން
ހެދުމެއްގެ މަތިން ގަޔަށް ދޫ ޖެކެޓެއް ލާން ވިސްނާނަމަ އެ ހެދުމެއްގެ ކަރަކީ އެހާ ބާރު ނޫން ކަރަކަށް ވުން ރަނގަޅެވެ. އެންމެ ގުޅޭނީ "ވީ" ކަރު ނުވަތަ "ކެމީ" ކަރެކެވެ.
އޯވާ ސައިޒްޑް ފެޝަންގެ ހެދުންތަކާއި އެ ހެދުންތަކާއެކު ބޭނުންކުރާ ތަފާތު އެކްސެސޮރީޒް މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ރާއްޖޭގެ އައުޓްލެޓުން ލިބެން ހުންނާނެ އެވެ.