މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރިމާންޑް ފެސިލިޓީގެ ގޮތުގައި އިތުރު ތިން ތަނެއް ހޯމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މި ތިން ތަނަކީ ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުދޫ ވިލުނުގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތަކެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި ސެންޓަރުތައް ހިންގަމުން ގެންދަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުން، ކުރިން ގާއިމުކުރެވިފައިވާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުތައް ކ. ހިންމަފުށި އަދި ހުޅުމާލޭގައި ވެސް ހިންގަމުން ގެންދެ އެވެ.
މި އައު ފެސިލިޓީތައް ގާއިމުކުރުމާއެކު، މަސްތުސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެކަމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. މި ފެސިލިޓީތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި އެކު، އެ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މަސައްކަތް ކުރެ އެވެ.

ބީއެމްއެލްގެ ބޯޑުން ނިންމީ ހިއްސާދާރުންނަށް އުފާވެރި ނިންމުމެއް
ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ނުލިބޭނެތީ
ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!
