ކަނޑުގެ 3 މޭލު އަޑިން ފެނުނު އަޖައިބުކުރުވަނިވި މަހުލޫގެއްގެ މަންޒަރު ފެނުއަޑީގެ ކެމެރާއަކުން ރެކޯޑުކޮށްފި އެވެ.
މި މަހުލޫގަކީ އައިއޯސެކްޓިސް ވެގަބުންޑާ ކިޔާ ކަނޑު އަނބުރެއްގެ ބާވަތެކެވެ. މިއީ އަޔަލެންޑްގެ އައްސޭރިފަށުން ދުރުގައިވާ ޕޯކިއުޕައިން އެބިސަލް ޕްލެއިންގައި ދިރިއުޅޭ މަހުލޫގެކެވެ.
ކަނޑުގެ އަޑީގެ ބާރަށް ތަހައްމަލުކުރެވޭ ކެމެރާތަކެއް ބޭނުންކޮށްގެން، ސައިންޓިސްޓުން މި މަހުލޫގުގެ ފޮޓޯތަކެއް ނަގައި، އޭގެ އާދަތައް ދިރާސާކޮށްފައިވެ އެވެ. މި ދިރާސާގެ ނަތީޖާތައް "ޑީޕް ސީ ރިސާޗް ޕާޓް 1 އޯޝަނޮގްރަފިކް ރިސާޗް ޕޭޕާސް" ގައި ޝާއިއުކޮށްފައިވެ އެވެ.
މި މަހުލޫގު އާންމުކޮށް ކާނީ ކަނޑުއަޑީގައި ހުންނަ އޯގަނިކް މާއްދާތަކެވެ. އަދި އޭގެ އިތުރުން، އޭގެ ސައިޒަށްވުރެ މާ ބޮޑެތި ޕޮލިކީޓް ކިޔާ ކަނޑުފަނީގެ ބާވަތްތައް ވެސް ކަ އެވެ. އިންޗިއަށް ވުރެ ކުޑަ މި ކަނޑު އަނބުރު، 4 އިންޗިގެ ކަނޑު ފަންޏެއް 16 ގަޑިއިރުގެ ތެރޭގައި ކާލާ މަންޒަރު ފެނިފައިވެ އެވެ.
24 ދަޅު ހުންނަ މި މަހުލޫގު، އެއްތަނުން އަނެއްތަނަށް ޖެހިލަ އެވެ. މި މަހުލޫގުގެ ކެއުމާއި ހަރަކާތްތެރިވާ ގޮތުން، ކާބަން ސައިކަލްގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.