ހުޅުމާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އިންތިޒާމްކޮށްގެން ބޭއްވި ބާބަކިއު ފަރިއްކޮޅަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އެމަނިކުފާނު އެ ބާބަކިއު ފަރިއްކޮޅަށް ވަޑައިގަތީ ހުޅުމާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ދެއްވި ދައުވަތަކަށެވެ. އެ ފަރިއްކޮޅު ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ޒުވާނުން ވެސް އެތަނަށް އެމަނިކުފާނަށް މަރުހަބާ ކިޔަން ގޮސް ތިއްބެވެ.
ޔާމީން މިރޭ ވަނީ އެމަނިކުފާނަށް ތާއީދުކޮށް އެފަދަ ބައްދަލުވުމަކަށް ދައުވަތު ދިން ކަމަށްޓަކައި ޝުކުރު ދަންނަވާފަ އެވެ.
މިއީ ޔާމީން ނުހައްގު ޖަލު ހުކުމުން މިނިވަން ވެވަޑައިގެންނެވި ފަހުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މިފަދަ ގޮތަކަށް ބައްދަަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ހުޅުމާލޭގައި އެންމެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ ޔާމީންގެ ވެރިކަމުގައެވެ. ހުޅުމާލެ ފޭސް2 ހިއްކައި އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު މީހުން އާބާދުކުރުމުގެ މަސައްކަތް ފެށީ ވެސް އެމަނިކުފާނުގެ ވެރިކަމުގަ އެވެ.
އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރާވާހަކަ ދޮގުކޮށްފި
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
