ބޮލީވުޑްގެ ކުޅަދާނަ އެކްޓަރެސް ދިއާ މިރްޒާ ވަނީ ދާދިފަހުން އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފަ އެވެ.

އެއާއެކު ބައެއް ނޫސްތަކުންނާއި އާއްމުން ދަނީ މިފަހުން އޭނާ ކުރި ކައިވެންޏަކީ ބަލިވެ އިން އިނުން ފޫބައްދަން ކުރި ކައިވެންޏެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެމުން ދިއާ ބުނީ އޭނާ ކައިވެނި ކުރީ ބަލިވެ އިނުމުން ނޫން ކަމަށާއި ބަލިވެ އިންކަން އެނގުނީ ވެސް ކައިވެނީގެ ތައްޔާރީތައް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ބަލިވެ އިންކަން ހާމަކުރުން ލަސްވީ ސިއްޙީ ސަބަބުތަކަކަށްޓަކައި ކަމަށް ވެސް ދިއާ ވަނީ ބުނެފަ އެވެ.

ދިއާއާއި އޭނާގެ ލޯބިވެރިޔާ ވައިބަވް ރޭކީ ކައިވެނިކުރީ ފާއިތުވެދިޔަ ފެބުރުއަރީ މަހު 15 ވަނަ ދުވަހު ރާއްޖޭގެ ޖޭއޭ މަނަފަރުގައި އޮތް ސިއްރު ޙަފްލާއެއްގަ އެވެ.