ޓޮމް ކްރޫޒްއާއި އަނާ ޑި އަރްމާސްއަކީ ހޮލީވުޑްގައި މިވަގުތު އެންމެ މަޝްހޫރު އެއް ޖޯޑެވެ. އެ ދެމީހުން ވަނީ އެކުގައި އެކިތަންތަނުން ފެނިފަ އެވެ.
ޓޮމްއާއި އަނާގެ ގުޅުން ސީރިއަސް ކަމަށް ހަބަރުތައް ބުނާއިރު ޓޮމް އަންނަނީ އެކި ގޮތްގޮތުން އަނާއަށްޓަކައި އޭނާގެ ލޯބި ދައްކަމުން ކަމަށްވެ އެވެ. އެގޮތުން ޓޮމް ވަނީ ފާއިތުވި ދުވަސްތަކުގައި އަނާއަށް އެކި ފަހަރުމަތިން އަގުބޮޑު ހަދިޔާތައް ދީފައި ކަމަށް ހަބަރުތައް ބުނެ އެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ އެއް ހަދިޔާއެއްވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެންމެ ފަހުން ޓޮމް އަނާއަށް ހަދިޔާ ކޮށްފައިވަނީ އޭނާއަށް ހާއްސަކޮށްގެން އެކްސްކްލޫޒިވް ކޮށް އަނާއަށް ހަދާފައިވާ ސެންޓެކެވެ.
ފްރާންސްގައި ހަދާފައިވާ މި ސެންޓުގައި އަނާ ނިސްބަތްވާ ކިއުބާގެ ތަރިކަ ދައްކައިދިނުމުގެ ގޮތުން އޯކިޑް ތެޔޮ ބޭނުން ކުރެވިފައިވާ ކަމަށް ރިޕޯޯޓުތައް ބުނެ އެވެ.
ލޯބިވެރިޔާ ރުއްސަން ޓޮމް އަގުބޮޑު ހަދިޔާތައް ދެމުން ދިޔަ ނަމަވެސް އަނާގެ ރައްޓެހިން އެކަމާ ނުރުހޭއިރު ފައިސާގެ ބާރުން ލޯބި ހޯދަން އުޅުމަކީ "ރެޑް ފްލެގް"އެއް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.
އަނާއާއި ޓޮމް ބައްދަލުވެ ލޯބީގެ ގޮތުން ގުޅިފައިވަނީ އެ ދެމީހުން އެކުގައި މަސައްކަތްކުރި ހޮލީވުޑްގެ ފިލްމު "ޑީޕާ"ގެ މަސައްކަތުގެ ތެރެއިންނެވެ.