އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރަ ފަދަ މައްސަލަތަކެއްގެ ދައުވާ އުފުލިފައިވާ ހޮލީވުޑްގެ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑީޑީ) އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެ އެވެ.
ޑިޑީގެ މައްޗަށް ކޮށްފައިވާ ގިނަ ދައުވާތައް ސާބިތުނުވުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުލިބުނު ނަމަވެސް އޭނާއަށް އުފަލެއް ނެތެވެ.
ސަބަބަކަށް ވަނީ އޭނާއަށް ކުރެވިފައިވާ އެންމެ ބޮޑު އެއް ދައުވާ ކަމަށްވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރިމަތިވުމެވެ.
މިއާއެކު މިހާރު ވެސް ޖަލު ބަންދުގައި ހުރި ޑިޑީ މިނިވަން ވާން އިތުރު ވިއްސަކަށް އަހަރު ވާނެކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފައިވެ އެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެފައިވާއިރު، ޑިޑީ ސަލާމަތްވި ޖިންސީ ފުރައްސާރައިގެ ދައުވާތައް ސާބިތުވި ނަމަ އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ލިބުނީހެވެ.
ކޯޓުގެ ހުކުމާއެކު ޑިޑީގެ ވަކީލުން ބުނެފައިވަނީ އެ ނިންމުމަކީ ޑިޑީއަށާއި އެމެރިކާގެ ޝަރުއީ ނިޒާމަށް ވެސް ލިބުުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
ޑިޑީގެ މައްޗަށް އުފުލުނު ސީރިއަސް ދައުވާތަކުން އޭނާ ސަލާމަތްވިއިރު އެ ދައުވާތަކުގައި އޭނާގެ ކުރީގެ ލޯބިވެރިން ވަނީ އޭނާއާ ދެކޮޅަށް ހެކި ބަސްވެސް ދީފަ އެވެ.