ހޮލީވުޑްގެ މަޝްހޫރު ވޯކް އޮފް ފޭމްގައި އަމިއްލަ ތަރިއެއް ލިބޭ ބޮލީވުޑްގެ ފުރަތަމަ އަންހެން އެކްޓަރުގެ ޝަރަފު ދީޕިކާ ޕަދުކޯން ހޯދައިފި އެވެ.

ދީޕިކާ ހިމެނިފައިވަނީ ކުރިއަށް އޮތް 2026 ވަނަ އަހަރު ވޯކް އޮފް ފޭމްއަށް އިތުރުވާ ފަންނާނުންގެ ލިސްޓުގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

އެ ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ 35 ފަންނާނުން ހިމެނޭއިރު ދީޕިކާ ހިމެނިފައިވަނީ މޯޝަން ޕިކްޗާސްގެ ކެޓަގަރީއިންނެވެ.

ދީޕިކާއާއެކު އަންނަ އަހަރު ވޯކް އޮފް ފޭމްގެ ތަރި ލިބޭ ފަންނާނުންގެ ތެރޭގައި ޑެމީ މޯރް، އެމިލީ ބްލަންޓް، ރޭޗަލް މެކްއެޑަމްސް އަދި ޓިމޮތީ ޗަލަމެޓް ފަދަ ތަރިން ހިމެނެ އެވެ.

2026 ވަނަ އަހަރުގެ ވޯކް އޮފް ފޭމްގައި ހިމެނޭ 35 ތަރިން ހޮވިފައިވަނީ އެ ކަމަށް ނޮމިނޭޓްވި އެތައް ސަތޭކަ ކެނޑިޑޭޓުންގެ ތެރެއިންނެވެ.

2007 ވަނަ އަހަރު ބޮލީވުޑްއަށް ތައާރަފްވި ދީޕިކާއަކީ މިހާރު ބޮލީވުޑްގައި އެންމެ ފުންނާބު އުސް އެއް އަންހެން ތަރި އެވެ. އޭނާ ވަނީ ހޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް ހިއްސާވެފަ އެވެ.