ބިލިއަަނަރު އެލޮން މަސްކް އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
އެކްސް ގައި މަސްކް ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާ ޕާޓީގެ ނަމުގައި ޕާޓީއެއް ހަދާ، އެމެރިކާގެ ދެ ޕާޓީ، ރިޕަބްލިކަން އާއި ޑިމޮކްރެޓިކް ޕާޓީ އަށް ޗެލެންޖު ކުރާނެ ކަމަށެވެ.
މި ޕާޓީ އުފެއްދުމުގެ ތައްޔާރީތައް ވެފައިވާކަން މަސްކް ހާމަ ކުރި ނަމަވެސް އެމެރިކާ ގައި މި ޕާޓީ ރަސްމީކޮށް ރަޖިސްޓާ ވެފައިވާކަން ސާފުވެފައެއް ނުވެ އެވެ. އެމެރިކާގެ ރައްޔިތަކަށް ނުވާތީ އެގައުމުގެ އިންތިހާބުގައި ވެސް ވާދަނުކުރެވޭ މަސްކް، އޭނާގެ ޕާޓީ ހިންގާނީ ކާކުކަމެއް އަދި ހާމައެއް ނުކުރެ އެވެ.
އޭނާ ސިޔާސީ ޕާޓީއެއް އުފައްދަފާނެ ކަމުގެ އިޝާރާތެއް ފުރަތަމަ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ މައްސަލަ ޖެހުމަށްފަހު ޓްރަމްް ގެ ސަރުކާރުން ވަކިވުމަށް ފަހު އެވެ.
އޭނާ ބުނި ގޮތުގައި އެމެރިކާ ޕާޓީ އަކީ އެމެރިކާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ދޭނެ ޕާޓީއެކެވެ.