މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އޭނާގެ ދަރިފުޅު ޖެކް ބްލޫސް ބީބާ ފެންނަ ލޯބި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
ދާދި ފަހުން ޖަސްޓިންގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި އެ ވީޑިއޯގައި ފެންނަނީ ޖަސްޓިން އޭނާގެ 10 މަހުގެ ދަރިފުޅު ޖެކްއާއެކު ކުޅޭ މަންޒަރެވެ.
އެ ވީޑިއޯއާއެކު ކެޕްޝަންއެއް ހިއްސާކޮށްފައި ނުވި ނަމަވެސް ޖަސްޓިން ވަނީ ހިތެއްގެ ސިފަ ފެންނަ އިމޯޖީތަކުން ވީޑިއޯ އެޑިޓް ކޮށްފަ އެވެ.
ޖަސްޓިންގެ އެ ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއާއި ޖެކްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކޮށް އެކަމަށް ތައުރީފު ކުރަމުންނެވެ.
މިދިޔަ އޮގަސްޓް މަހު ޖެކް އުފަންވި ފަހުން ޖަސްޓިން އަންނަނީ އޭނާގެ ގިނަ ވަގުތުތައް ދަރިފުޅަށްޓަކައި ވަގުތު ހުސްކޮށް ރަނގަޅު ބަަފައަކަށް ވާން މަސައްކަތް ކުރަމުންނެވެ.
ހެއިލީ ބީބާއާއެކު ކުރި ކައިވެންޏަށް ޖެކް ލިބުނުއިރު އޭގެ ފަހުން ޖަސްޓިންގެ މުނިފޫހިފިލުވުމުގެ މަސައްކަތްތައް ވެސް ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފަ އެވެ.
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް
އިންތިހާބާ ދިމާކޮށް ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގަނީ
އުސް ފައިވާނުގައި ފަސޭހަ ކަމާއެކު