މުޅި ދުނިޔޭގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބަލާއިރު އެންމެ ކުރީގައި އުޅޭ އެކްޓަރަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ސްކާލެޓް ޖޯންސަން ހޮވިއްޖެ އެވެ.
ދަ ރެޕްއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސްކާލެޓް އެންމެ ކުރީގައި އުޅެނީ އޭނާ މިހާްތަނަށް ކުޅުނު ހުރިހާ ފިލްމެއްގެ އާމްދަނީ އެހެން ތަރިންގެ ލައިފް ޓައިމް އާމްދަނީއަށްވުރެ އިތުރުވުމުންނެވެ.
އެގޮތުން ސްކާލެޓްގެ ފިލްމީ ހަޔާތުގައި އޭނާ ކުޅުނު ފިލްމުތަކުގެ ޖުމްލަ އާމްދަނީ 14.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބްލެކް ވިޑޯގެ ރޯލުން އޭނާ ފެނިގެންދިޔަ ކެޕްޓަން އެމެރިކާ ފިލްމަށެވެ.
ސްކާލެޓްއަށް މި ޝަރަފު ލިބިފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖުރަސިކް ވޯލްޑް ރީބާތު"އަށްވެސް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ.
ސްކާލެޓްގެ މި ކާމިޔާބާއެކު އޭނާ ވަނީ އެ ލަގަބު މީގެ ކުރިން ހޯދާފައިވާ ރޮބާޓް ޑައުނީއާއި ސެމިއުލް ޖެކްސަން ފަދަ ތަރިން ފަހަތަށް ޖައްސާލާފަ އެވެ.
ސްކާލެޓްގެ ފިލްމީ ހަޔާތުގައި މިހާތަނަށް ޖުމްލަ 36 ފިލްމެއްގައި ހިއްސާވެފައިވާއިރު އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމުތަކެވެ.