މީގެ ތިން މަސް ކުރިން ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެނިކޮށް މިއަދު މަރުވީ ގދ. ތިނަދޫ، ތީންމުތީ،ޒާހިޔާ ނިޔާޒު، 31، އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުގެ 15:47 ހާއިރު، ތިނަދޫ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެވެ. މި އެ އެކްސިޑެންޓްގައި ޒާހިޔާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ހާލު ސީރިއަސްވެ އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުވާއަށް އިންޑިއާއަށް ވެސް އޭނާ ގެންދިޔަ އެވެ.

ޒާހިޔާ މަރުވީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މާލެ އައިފަހުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު އެވެ.

ޒާހިޔާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.