އަންނަ އަހަރު ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ހަމަޖައްސާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މުޅި ރާއްޖެ އަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށާއި، އެކަމަށް ހައްލެއް ގެނައުމަށް މި އަހަރު ވެސް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ.
މިއީ ހައްލެއް ގެނެސްދޭނެ ކަމެއްކަމަށް ރިޔާސީ އިންތިހާބުގައި ވިދާޅުވި ނަމަވެސް އެއް އަހަރުން ހުރިހާ ތަނެއްގެ މަސައްކަތެއް ނުފެށޭނެ ކަމަށާއި، އަންނަ އަހަރުވެސް މިމައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެތެރެއިން މިހާރު މަނަދޫގައި އިއުލާން ކޮށްފައިވާ 50 ހައުސިން ޔުނިޓު ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރު އިތުރު 50 ހައުސިން ޔުނިޓާ އެކު، އެކި އަހަރުތަކަށް ބަހާލައިގެން މަޝްރޫއުތައް ގެންދާނެ ކަމަށެވެ.