ކ. ފޭދޫ ފިނޮޅުގައި ތަރައްގީކުރި ދުސިތު ޑީ2 ފޭދޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.

މި ރިސޯޓަކީ ތައިލެންޑްގެ މަޝްހޫރު ހޮޓެލް އަދި ޕްރޮޕަޓީ ޑިވެލޮޕްމެންޓް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ ދުސިތު އިންޓަނޭޝަނަލް ބުރޭންޑުގެ ރިސޯޓެކެވެ.

މި ރިސޯޓްގައި 127 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ފްރޮންޓް ވިލާތަކާއި، އޯވާ ވޯޓާ ވިލާތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ފަސް ރެސްޓޯރެންޓާއި، ސްޕާގެ ޚިދުމަތުގެ އިތުރުން ކިޑްސް ކްލަބެއްވެސް މި ރިސޯޓްގައި ހުރެ އެވެ.

މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ހަތް މިނެޓުން ދެވޭނެ އެވެ. މި ރިސޯޓް ތަރައްގީކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަގާފަތް ދައްކުވައިދޭފަދަ ގޮތަކަށެވެ.

ދުސިތު އިންޓަނޭޝަނަލް ބުރޭންޑުގެ އިތުރު ރިސޯޓެއް މިހާރުވެސް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އެއީ ބ. މުއްދޫގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓެވެ.