އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނު މިނިވަން ކުރުމަށް މަޝްހޫރު މޮޑެލް އަދި އިންފްލުއެންސަރު ބެލާ ހަދީދް ގޮވާލައިފި އެވެ.
ބެލާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބެލާ ބުނީ ފަލަސްތީނުގެ މިނިވަން ކަމަކީ އޭނާގެ އެންމެ ކުޑައިރުއްސުރެ ވެސް ވަކާލާތު ކުރާނެ ކަމެއް ކަމުގަ އެވެ.
އެ ޕޯސްޓުގައި ބެލާގެ ކުޑައިރުގެ ގިނަ ފޮޓޯތަކެއް ހިމަނާފައިވާއިރު އޭރާއި މިހާރަށް ބަލާއިރު މާ ބޮޑު ބަދަލެއް ނާންނަ ކަން ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދައްކާފައިވެ އެވެ.
"އަބަދުވެސް ހިނިތުން ވުމާއި އުފާވެރި ކަމުގައި. ކެމެރާދެކެ ވަރަށް ފޫހިވޭ. އެއްވެސް ކަމެއް ބަދަލު ވެއްޖެތަ؟" އެ ޕޯސްޓުގައި ބެލާ ބުނެފައިވެ އެވެ.
ބެލާއަކީ ފަލަސްތީނުގެ ބައްޕައަކަށް އުފަން ފަލަސްތީނު ނަސްލުގެ މީހެކެވެ. އޭނާއަކީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަބަދުވެސް ފާޅުގައި ވަކާލާތުކުރާ ފަރާތެކެވެ.
ބެލާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ މިމަހުގެ ކުރީކޮޅު ޗޮޕާޑްއާއެކު ހައި ފެޝަން ޖުވެލަރީ ކަލެކްޝަން ކެމްޕެއިނެއްގައި މަސައްކަތް ކޮށްފަ އެވެ.