ގިގީ ހަދީދްއަކީ ދުނިޔޭގައި މިވަގުތު އެންމެ ނުފޫޒުގަދަ މޮޑެލް އިންފްލުއެންސަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއާ ގުޅުންހުރި ކޮންމެ ކަމަކީ ވެސް ވަރަށް އަވަހަށް ވައިރަލްވާ ކަންކަމެވެ.

އެގޮތުން ގިގީގެ ފެޝަން ސްޓައިލަކީ އޭނާގެ ސަޕޯޓަރުންނާއި މީޑިއާގެ މެދުގައި ވެސް މަގުބޫލު ސްޓައިލެކެވެ. މި ލިޔުމުގައި މި ބަލާލަނީ ގިގީގެ ވޯޑްރޯބުން ގަދަ 5 އަށެވެ.

ނިޓެޑް ސްވެޓާސް

ގިގީގެ ނިޓްވެއާ ހެދުންތަކެއް

ކެޝްމިއާ ކަލެކްޝަނެއްގެ ވެރިޔަކު ވިޔެފައިވާ އަންނައުނު ނުވަތަ "ނިޓެޑްވެއާ" ލާނެކަން އެއީ ޝައްކެއް ނެތް ކަމެކެވެ. ގިގީގެ އަލަމާރިން ވެސް ތަފާތު ކުލަކުލައާއި ޑިޒައިންތަކުގެ ނިޓްވެއާ ފެނެ އެވެ. މިފަދަ ނިޓްވެއާއާއެކު ގިގީ ބޭނުންކުރާ އެކްސެސޮރީޒް ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ލެދާ ޖެކެޓް

ލެދާ ޖެކެޓް

ލެދާ ޖެކެޓަކީ އެއާނުލާ ސެލެބްރީންގެ ހެދުން އަލަމާރި ފުރިހަމަ ނުވާ އެއްޗެއް ކަމުގައި ބުނެވިދާނެ އެވެ. އެގޮތުން ގިގީގެ އަލަމާރީގައި ވެސް ހުރިހާ ކަމަކަށް އެކަށޭނަ ލެދާ ޖެކެޓުތައް ހުރެ އެވެ. އޭގެ ތެރޭގައި ބްލޭޒާސްއާއި ބައިކާސް އަދި ބޮބްބާސް ވެސް ހިމެނެ އެވެ.

ހެޑްވެއާ

ހެޑްވެއާ

އެކި މުނާސަބަތުތަކުގައި ގިގީ ބޭނުންކޮށްފައިވާ ތޮފިތަކާއި ބީނީތަކަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި ތަކެއްޗެވެ. ގިގީގެ ގިނަ ފެނިލުންތަކުގައި ތޮފި ބޭނުންކުރާއިރު އެއީ އޭނާގެ ފެޝަން ސްޓައިލްގެ މުހިއްމު ހިއްސާ އެކެވެ.

މިނީ ބޭގްސް

މިނީ ބޭގްސް

ސައިޒުން ކުޑަ އަތް ދަބަސްތަކަކީ ވެސް ގިގީގެ އަލަމާރިން ފާހަގަ ކޮށްލެވޭ އެއްޗެކެވެ. ގިގީގެ މި ސްޓައިލާއެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި ވެސް މިނީ ބޭގްސްގެ ޓްރެންޑް ވަނީ އާލާވާން ފަށާފަ އެވެ.

ސްޓޭޓްމަންޓް ޖުވެލަރީ

މިނީ ބޭގްސް

ގިގީގެ ހެދުންތަކާއެކު އޭނާ ބޭނުންކުރާ ގަހަނާތަކަކީ ފެޝަން ސްޓޭޓްމަންޓްއެއްގެ ގޮތުގައި ސްޓައިލިސްޓުން ސިފަކުރާ ގަހަނާ ތަކެކެވެ. ލުއި ގަހަނާތަކުން ފެށިގެން ބޮޑެތި ގަހަނާތަކުގެ ކަލެކްޝަނެއް ގިގީ ގެންގުޅެ އެވެ.