ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރަކަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ އިން މަރުހަބާ ކިޔައިފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ހިންގުމާ ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ވަނީ ފޯންކޯލެއް ކުރައްވައި މުއިއްޒަށް މަރުހަބާ ކިޔާފައި ކަމަށް އެ އެމްބަސީން ބުންޏެވެ.
ކުރިއަށް އޮތްތަނުގައި ޗައިނާ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ޗައިނާ އެމްބަސީން ބުންޏެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން ދާދިފަހުން އޭނާ ވަނީ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުގެ އިންތިޚާބު ބޮޑު ފަތާތަކުން ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާ ވާދަކުރައްވަ އެވެ.
ޑރ. މުއިއްޒަކީ އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، ޗައިނާއާ ގުޅިގެން ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގެވި ހިންގުންތެރި ބޭފުޅެކެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ހިޔާ މަޝްރޫއުގެ ފްލެޓްތަކެވެ.
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރު
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ބީއެމްއެލް އިން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް

މުޢިއްޒަކީ ވަތުގަދަ ޝަޚުސިއްޔަތެއް ﷲގެ ރަޙުމަތާއެކު ކުރިޔަށް ވަޑައިގަންނަވާ