މާލޭ ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރި ބައިގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވަނީ، އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް އަދި ނުނިމޭތީކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ސެގްމެންޓެއްގެ މަސައްކަތް ނިންމައި މި މަހުގެ 24 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވީ ނަމަވެސް، މަގުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭކަމަށެވެ. އެގޮތުން މަގުގައި ފެން ހިންދުމަށް ބޭނުންވާ ތިން ޕަމްޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަން އެ ކުންފުނިން ބުންޏެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި ޕަމްޕު ސްޓޭޝަންތައް ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މި މުއްދަތުގެ ތެރޭގައި ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވާނަމަ، އެ ކުންފުނީގެ ފަރާތުން ފެން ހިންދުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެމްޓީސީސީން ދެ އެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، ސަރުކާރަށްވެސް ނުކުރެވޭނެ: އުއްޗު
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!
