ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ސައޫދީ އަރަބިއާގައި ކުލަގަދަ ޙަރަކާތްތަކެއް އިއްޔެ ބާއްވައިފި އެވެ.

އަބްދުލް އަޒީޒް ސެންޓަ އޮފް ވޯލްޑް ކަލްޗާ (އިސްރާ) އިން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކުގައި ސައޫދީއަރަބިއާގެ ސަގާފަތާއި ތާރީޚު އެކުލެވޭ ގޮތަށް އެކި ކަންކަން އިންތިޒާމް ކުރެވިފައިވެ އެވެ.

އެގޮތުން އެކި އުމުރުފުރާތަކަށް އަމާޒު ކޮށްގެން ހަދާފައިވާ ގޭމްތަކާއި ރަމަޟާން މަހާ ގުޅުންހުރި ކުރެހުންތައް ދައްކައިދޭ މައުރަޒެއް ކަމަށްވާ ރަމަޟާން ޗެޕްޓާސްގެ އިތުރުން އާޓްސް ޓުއާސްތައް ވަނީ ޒިޔާރަތްކުރި މީހުންނަށް ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރަމަޟާން މަހަށް ހާއްސަ ކޮށްގެން ބާއްވާ ނައިޓް މާކެޓަކާއެކު ރެސްޓޯރެންޓްތަކުން ރޯދަ ވީއްލުމާއި ކެއުމުގެ ފުރުސަތު ވެސް މި ހަރަކާތްތަކުގެ ތެރެއިން ލިބޭނެ ކަމަށް އެސެންޓަރުން ބުނެފައިވެ އެވެ.

އިސްރާ ސެންޓަރުގެ ސިނަމާ ހޯލް

އިސްރާއަކީ ސައޫދީ އަރަބިއާގައި ދީނީ ހޭލުންތެރިކަމާއި ތާރީޚާއި ސަގާފަތް ދިރުވުމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާ އިން ހިންގާ އެހެން ހަރަކާތްތަކުގެ ތެރޭގައި އެ ގައުމުގެ ތާރީޚު ދިރުވުމުގެ ވޯކްޝޮޕްތަކާއި ދީނީ ދަރުސްތައް ހިމެނެ އެވެ.