މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި ވަން ޑިރެކްޝަން ބޭންޑްގެ މެމްބަރު ލިއަމް ޕޭން މަރުވިތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް އޭނާގެ މުޅިން އާ ޝޯއެއް ރިލީޒް ކޮށްފި އެވެ.

ނެޓްފްލިކްސްއިން މިދިޔަ ޖުލައި މަހު ރިލީޒް ކޮށްފައިވާ "ބިލްޑިންގް ދަ ބޭންޑް" ޓެލެންޓް ޝޯއަކީ ލިއަމް މަރުވުމުގެ ކުރިން އޭނާ މަސައްކަތްކުރި އެންމެ ފަހު ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ.

ލިއަމްއާއެކު އެ ޝޯގެ ފަނޑިޔާރުންގެ ގޮނޑިން ދެން ފެނުނީ "ޑެސްޓިނީ ޗައިލްޑް"ގެ ކެލީ ރޯލެންޑްއާއި "ޕުސީކެޓް ޑޯލްސް"ގެ ނިކޯލް ޝެރްޒެންގާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބިލްޑިންގް ދަ ބޭންޑްއަކީ އަމިއްލަ ބޭންޑެއް އުފެއްދުމަށްޓަކައި އެއް ޓީމު އަނެއް ޓީމާ ވާދަކުރާ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެލެންޓް ޝޯ އެކެވެ.

ލިއަމްގެ މަރުވިތާ ހަ ދުވަސް ފަހުން ރިލީޒް ކުރި މި ޝޯއަށް ބައެއް މީހުންގެ ސަޕޯޓު ލިބެމުން އަންނައިރު އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ ރަނގަޅު ކަމެއް ނޫނެވެ.

ލިއަމް މަރުވެފައިވަނީ އާޖެންޓީނާގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔައިރު ހުރި ހޮޓެލްގެ ފަންގިފިލާއަކުން ވެއްޓި މިދިޔަ އަހަރުގެ އޮކުޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.