ޗާއިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ތަރައްގީގެ ރޮނގުން ދޭ އެއްބާރުލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ފައިދާ ކުރާ ކަމެއް ކަމަށެވެ.
މޯދީ ވަނީ ދާދިފަހުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
އިންޑިއާ އިން ވަނީ ރާއްޖޭގެ ތަރައްގީއަށް އިތުރު ލޯނެއް ވެސް ހަމަޖައްސައިދީފަ އެވެ. އެ ގައުމުގެ ލޯނު އެހީގެ ދަށުން މާލެއިން ފެށިގެން ގުޅިފަޅާހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދެއެވެ.
އިންޑިއާގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓްގެ މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތެވެ.
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
މޭޔަރު ކަމުގެ ޓިކެޓް ނުދިން އަދީލަށް އޭއީއެޗް ސީއީއޯ ކަން
ބިއްލޫރި ޓަނަލްގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވެއްޖެ