ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އިތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) މާތްﷲ ހަރާމް ކުރައްވާފައިވާ ރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ޖަނާބުގެ މާލީ ބަޔާނުގައިވާގޮތުން އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއް ޖަނާބު ބޭނުންކުރައްވަ އެވެ. އެއީ 140،000 ރުފިޔާގެ ލިމިޓެއް އޮންނަ ކާޑެކެވެ. އެ ކާޑުން 32،000 ރުފިޔާ އޭނާ ވަނީ ބޭނުން ކުރައްވާފައިވާ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ.
މެންބަރު ޖަނާބު ގެންގުޅުއްވާ ކްރެޑިޓް ކާޑުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރެވެ.
މެންބަރު ޖަނާބަކީ ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމްގެ ކޮއްކޯފުޅެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭއެވެ.
މީގެކުރިން ޖަނާބު ވަނީ ރިބާގެ ނުބައިކަމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ.
"ރިބާ ނުނަގާ ވިޔަފާރި ނުކޮށް ހުރުމުގެ އިހުތިޔާރު އެބޮ އޮތް. އެފަދަ ވަގުތެއް އަންނަންދެން އާމްދަނީ މަދުވިޔަސް އެހެން ކަމެއް ކުރެވޭނެ،" ޖަނާބު މީގެކުރިން ވިދާޅުވެފައިވެއެވެ.
އިދިކޮޅު އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެކި ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަމަލުތައް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.
ދީން އޮންނަނީ ކޯޓް ދަށުގަ.
ރިޕްލައި