ފަލަސްތީނުގެ ޣައްޒާގައި ހިންގި މަޝްހޫރު އައިސް ކްރީމް ޕާލާއެއް ކަމަށްވާ "ކަޒެމް"ގެ ގޮތްޕެއް ޔޫއޭއީގެ ދުބާއީގައި ދާދި ފަހުން ހުޅުވައިފި އެވެ.
2023 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާއެކު ބަންދުކުރަން މަޖުބޫރުވި އެ ވިޔަފާރި ދުބާއީގައި އަލުން ފަށާފައިވަނީ ތަފާތު ހިދުމަތްތަކާ އެކުގަ އެވެ.
އެގޮތުން ކަޒެމްއިން އެކި ފްލޭވާތަކުގެ އައިސްކްރީމްތަކުގެ އިތުރުން ފްރޯޒަން ޓްރީޓްސްއާއި އެކި ރަހަތަކުގެ ބުއިންތައް ވެސް ލިބޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ވިޔަފާރި ހިންގާ ފަރާތުން ބުނީ ބޭރު ގައުމެއްގައި އެ ބްރޭންޑްގެ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ފަލަސްތީނުގެ ތަރިކައާއި ސަގާފަތުގެ ކުޑަ މިންވަރެއް ނަމަވެސް ރައްކާކުރުން ކަމަށެވެ.
"މިތަނަށް އަންނަ ކޮންމެ ފަހަރަކު އަހަރެންގެ ޒުވާން އުމުރުގެ ހަނދާންތައް އާވޭ" އެ ވިޔަފާރީގެ ވެރިޔާ މުހައްމަދު ކަޒެމް އަބޫ ޝަބާން ބުންޏެވެ.
އޭނާ އިތުރަށް ބްނީ ދުބާއީގެ އަޖްްމަންގައި އެ ފިހާރަ ހުޅުވަން ގަސްދުކުރީ އެ ސަރަހައްދުގައި ފަލަސްތީނު ނަސްލުގެ ގިނަ ބަޔަކު އުޅޭތީ ކަމަށެވެ.
1950 ވަނަ އަހަރު އެންމެ ފުރަތަމަ ޣައްޒާގައި ހުޅުވި ކަޒެމް ވިޔަފާރި ބަންދު ކޮށްފައިވަނީ 70 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ދިނުމަށްފަހުގަ އެވެ.
ކަޒެމްގެ ފިހާރައެއް ދުބާއީގައި ހުޅުވުމާއެކު އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ގޮސް އެތަނުން ހިދުމަތް ހޯދޮފައިވެ އެވެ.
ލޯންޗެއް އެކްސިޑެންޓުވެ، 2 މީހަކަށް ފަރުވާ ދެނީ
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
އެންޖެލީނާއާ ދެކޮޅަށް ކޯޓުގައި ބްރެޑްއަށް ބޮޑު މޮޅެއް!