ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އެންޖެލީނާ ޖޯލީއަށް އޭނާގެ އަމިއްލަ ގައުމު، އެމެރިކާ މިހާރު ވަކި ނުވާ ކަމަށް އޭނާ ބުނެފި އެވެ.
އެންޖެލީނާ މި ބީދައިން ވާހަކަ ދައްކާފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާތީ އެވެ.
އެންޖެލީނާ ބުނީ ގައުމު ދެކެ އޭނާ ލޯބިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ ގައުމުގައި ކަންތައްތައް ވަމުން ދާ ގޮތަކީ އޭނާ ދަންނަ އެމެރިކާގެ ގޮތެއް ނޫން ކަމަށެވެ.
އެއާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅައި ޒާތީ މިނިވަންކަން ހިފަހައްޓާފައިވާ އެއްވެސް ތަނަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ސްޕެއިންގެ ސޭން ސެބޭސްޓިއަން ފިލްމް ފެސްޓިވަލްގައި ވާހަކަ ދައްކަމުން އެންޖެލީނާ ވަނީ ތިމާވެށްޓަށް އަންނަމުން ދާ ބަދަލުތަކާ ބެހޭގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެންޖެލީނާއަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ މަޝްހަރުގައި ހިނގާ ކަންކަމާ ބެހޭގޮތުން ވެސް އޭނާގެ ހިޔާލު ފާޅުގައި ހިއްސާކުރާ ތަރި އެކެވެ.